ފޯރިގަދަ މެޗަކާއިއެކު މުބާރާތް ހުޅުވައިފި

10 ނޮވެމްބަރ 2025 - 08:50

         ވ.އަތޮޅު ފުޓްސަލް މުބާރާތް 08 ނޮވެންބަރު 2025 ފެށިއްޖެއެވެ. މުބާރާތް ފެށިފައިވަނީ ކުލަގަދަ ރަސްމިއްޔާތަކާއިއެކުއެވެ. މުބާރާތުގައި ފުރަތަމަ މެޗުގައި ވާދަކުރީ ކެޔޮދުއާއި ފެލިދޫއެވެ. މެޗު ފެލިދޫއިން ކާމިޔާބުކުރީ 4 - 2 ނެވެ. މެޗުގެ ފުރަތަމަ ހާފުގައި ފެލިދޫއަށް ލަނޑުޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 10 އަލީ އަލްސަން އެވެ. ދެވަނަ ހާފު ފެށިގެން ފެލިދޫއިން އިތުރު ލަނޑެއްޖަހާ ލީޑްފުޅާކުރިއެވެ. މި ލަނޑުވެސް ޖަހާދިނީ އަލީ އަލްސަން އެވެ. މެޗުގެ 3 ވަނަ ލަނޑު ފެލިދޫން ޖަހާ އެ ޓީމްގެ އަލީ އަލްސަން މެޗުގެ ހެޓްރިކް ހެދިއެވެ. ދެވަނަ ހާފްގެ ސޯޅަވަނަ މިނެޓްގައި ކެޔޮދޫ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޖާޒީ ނަންބަރު 16 އަޙްމަދު ރަޝީދު އެވެ. ކެޔޮދޫ ޓީމްގެ ލަނޑާއެކު މެޗުގެ ފޯރި ވަރަށް ގަދަވެ 18 ވަނަ މިނެޓްގައި ކެޔޮދޫ ޓީމްގެ ދެވަނަ ލަނޑުޖައިދީ މެޗުގެ އޮއިވަރު ބަދަލުވިއެވެ. ކެޔޮދޫ ޓީމުން ވަރަށް ރަނގަޅު ފޯމެއްގައި ތިއްބާ މެޗު ނިމެން އެއްމިނެޓަށް ވެފައިވަނިކޮށް ފެލިދޫ ޓީމުން އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހިއެވެ. މި ލަނޑު ޖަހައިދިނީ ޖާޒީ ނަންބަރު 11 މުހައްމަދު ޔަފާޢު (ޔާ) އެވެ. މެޗުގެ މޮޅުކުޅުންތެރިއަކީ ފެލިދޫ ޓީމަށް ހެޓްރިކް ހަދައިދިން އަލީ އަލްސަން (އައްލޭ) އެވެ.