ބޯހިޔާވެހިކަން ބޭނުންވާ ޢާއިލާއަކަށް ގެޔެއް ހަދިޔާކޮށްފި
އިޖްތިމާޢީ ރައްކާތެރިކަމާ ބޯހިޔާވަހިކަން ބޭނުންވެފައިވާ ޢާއިލާއަކަށް ބޯހިޔާވަހިކަށް ފޯރުކޮށް ދިނުމަށް މި ކައުންސިލާއި އިންތިމާޢީ ރައްކާތެރިކަމާބެހޭ ވުޒާރާއާއި އެހީ ޖަމިއްޔާ ގުޅިގެން ހިންގި މަޝްރޫޢު ނިންމައި އެ އާއިލާއަށް އަޅައިދިން ގޭގެ ތަޅުދަނޑި މިއަދު 13 ޖެނުއަރީ 2026 އަންގާރަ ދުވަހު ޙަވާލުކޮށްފިއެވެ. މިކަން އޮތީ ތައުލީމީ މަރުކަޒުގެ މަޕްޓިޕާޕަސް ހޯލުގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ. މި ތަޅުދަނޑި އާއިލާއަށް ޙަވާލިކޮށްދެއްވީ އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓާރ އަލްފާޟިލް އިބްރާހީމް އިސްމާއީލް އަލީ އެވެ.
މި ރަސްމިއްޔާތުގައި އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓާރ އަލްފާޟިލް އިބްރާހީމް އިސްމާއީލް އަލީ، ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޝުޖާއު އަލީ، ފެލިދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ހުސެން ވިސާމް، ޢިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްވެރިން، އެހީ ޖަމުއިއްޔާގެ އިސް މުއައްސިސުން ބައިވެރިވެޑާއިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި މިކައުންސިލްގެ ރައީސް އަލްފާޟިލް ޝުޖާޢު ޢަލީ ދެއްކެވި ވާހަކަފުޅުގައި އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިގެން އައި ގޮތުގެ މައްޗަށް އަލި އަޅުއްވައިލެއްވިއެވެ. އަދި މިކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައިފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.