ވ. ވޮލީ މުބާރާތްކުޅޭ ސަރަހައްދު ސާފުކޮށް ޒީނަތްތެރިކުރަނީ

7 އޯގަސްޓް 2025 - 09:10

މި ކައުންސިލުން އިންތިޒާމް ކޮށްގެން މިމަހުގެ 15 ގައި ފެށުމަށް ހަމަޖެހިފައިވާ  "ވ. އަތޮޅު ވޮލީ މުބާރާތް 2025" ކުޅުމަށް ހަމަޖެހިފައިވާ ކޯޓް ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މި މަހުގެ 09 ވާ ހޮނިހިރު ދުވަހު ފެލިދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މި ކައުންސިލާއި ފެލިދޫ ކައުންސިލާއި ގުޅިގެން ފެލިދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އެހީތެރިކަމާއެކުގައެވެ. 

މި މަސައްކަތުގެ މަޤްޞަދަކީ މުބާރާތުގެ މެޗްތައް ބެލުމަށް އަންނަ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް އުފައްދައިދިނުމާއި މެޗްތައް ބަލަން ފަސޭހައިން ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. 

ވ. އަތޮޅު ވޮލީ މުބާރާތަކީ ވ.އަތޮޅު ރައްޔިތުންގެ މެދުގައި އިޖުތިމާޢި ގުޅުމާއި، ކުޅިވަރުގެ ރޫޙް އާލާކޮށް ދިރުވާ، އަތޮޅުގައި ވޮލީބޯޅަ އިތުރަށް ކުރިއެރުވުމުގެ މަޤްޞަދުގައި މި ކައުންސިލުން އިންތިޒާމްކުރާ މުބާރާތެކެވެ. މި މުބާރާތުގައި ޖުމުލަ 07 ޓީމެއް ވާދަކުރެއެވެ.