ވ. ވޮލީ މުބާރާތުގައި ޖުމުލަ 07 ޓީމް
މި ކައުންސިލުން އިންތިޒާމް ކޮށްގެން މިމަހުގެ 15 ގައި ފެށުމަށް ހަމަޖެހިފައިވާ ވ. އަތޮޅު ވޮލީ މުބާރާތް 2025 ގައި ޖުމުލަ 07 ޓީމަކުން ވަނީ ބައިވެރި ވެފައެވެ. މިގޮތުން ފިރިހެން ޑިވިޜަނުގައި 04 ޓީމް އަދި އަންހެން ޑިވިޜަންގައި 03 ޓީމް ވަނީ ބައިވެރިވެފައެވެ.ފިރިހެން ޑިވިޜަން ގައި ބައިވެރި ވެފައި ވަނީ ވ. ފުލިދޫ، ވ. ތިނަދޫ، ވ.ފެލިދޫ އަދި ވ. ކެޔޮދޫންނެވެ. އަންހެން ޑިވިޜަންގައި ބައިވެރިވެފައިވަނީ ވ.ފުލިދޫ، ވ.ފެލިދޫ އަދި ވ. ކެޔޮދޫންނެވެ.
މިމުބާރާތުގެ މަޤުޞަދަކީ، ވ.އަތޮޅު ރައްޔިތުންގެ މެދުގައި އިޖުތިމާޢި ގުޅުމާއި، ކުޅިވަރުގެ ރޫޙް އާލާކޮށް ދިރުވާ، އަތޮޅުގައި ވޮލީބޯޅަ އިތުރަށް ކުރިއެރުވުމެވެ.
ވ. އަތޮޅަކީ މިހާރުވެސް ވޮލީގައި މަޝްހޫރު ކުޅުންތެރިންތަކެއް ތިބި އަތޮޅަކަށް ވުމުގެއިތުރުން މި މުބާރާތުގައި ރާއްޖެއިން ބޭރުގެ މޮޅުކުޅުންތެރިން ހިމެނިގެންދާނެތީ މި މުބާރާތަކީ ފޯރިގަފަ މުބާރާތެއްކެމުގައި ވާނެއެވެ.