ވ. ވޮލީބޯޅަ މުބާރާތް 2025 ގެ ޓީމްލިސްޓް ހުށަހެޅުމަށް ދެވިފައިވާ މުއްދަތު އިތުރުކޮށްފި

5 އޯގަސްޓް 2025 - 13:58

މި މަހުގެ 15 ގައި ފެށުމަށް ހަމަޖެހިފައިވާ ވ. އަތޮޅު ވޮލީ މުބާރާތް 2025 ގެ ޓީމް ލިސްޓް ހުށަހެޅުމުގެ މުއްދަތު 11 އޮގަސްޓް 2025 އަށް ލަސްކުރައްވައިފިއެވެ. ޓީމް ލިސްޓް ހުށަހެޅުމަށް ކުރިން ހަމަޖައްސަވައިފައިވާ ސުން ގަޑިއަކީ 07 އޮގަސްޓް 2025 އެވެ. ޓީމް ލިސްޓް ހުށަހެޅުމުގެ ސުންގަޑި ފަސްކުރައްވާފައިވަނީ ރަށްރަށުން ޓީމް ލިސްޓް އެކުލަވައިލުމުގައި އިތުރު ވަގުތު ބޭނުންވާކަން ފާހަގަކުރައްވާފައި ވާތީއެވެ. 

މި މުބާރާތުގައި ވާދަކުރާ ޓީމްތަކުން ޓީމް ލިސްޓްގައި ޖުމުލަ 19 ފަރާތެއް ހިމެނޭނެއެވެ. އޭގެތެރޭގައި ހިމެނެނީ 14 ކުޅުންތެރިންނާއި 05 އޮފިޝަލުންނެވެ. މުބާރާތުގެ ޤަވާއިދުގައިވާ ގޮތުން މި މުބާރާތުގައި އަތޮޅުގެ ރަށްވެހިންގެތެރޭގައި ނުހިމެނޭ 02 ކުޅުންތެރިން ހިމެނިދާނެއެވެ. މި 02 ކުޅުންތެރިންގެ ގޮތުގައި ރާއްޖެއިން ބޭރުގެ ކުޅުންތެރިންވެސް ހިމެނިދާނެއެވެ.