
އަލްފާޟިލް އިސްމާޢީލް ޚަލީލް 24 އަހަރު ޚިދުމަތްކުރެއްވުމަށްފަހު މުސްކުޅި ކުރައްވައިފި
މި ކައުންސިލް އިދާރާގެ ކައުންސލް އެސިސްޓެންޓް އަލްފާޟިލް އިސްމާޢީލް ޚަލީލް 24 އަހަރާއި 1 މަސްދުވަހު މި އިދާރާއަށް ޚިދުމަތްކުރެއްވުމަށްފަހު 24 މެއި 2025ގައި ޢުމުރުން 65 އަހަރުވެ ވަޒީފާއިން މުސްކުޅި ކުރައްވައިފިއެވެ.
އަލްފާޟިލް އިސްމާޢީލް ޚަލީލަކީ މަސައްކަތަށް ފަރުވާތެރި ހުރިހާ މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރައްވައިފައިވާ ނަމޫނާ މުވައްޒަފެކެވެ.
އިސްމާޢީލް ޚަލީލް މި އިދާރާއިން ވަކިވުމުގެ މުނާސަބަތުގައި އޭނާގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިއިދާރާއިން ޚާއްޞަ ޙަފުލާއެއްވެސްވަނީ ބާއްވައިފައެވެ. މިހަފުލާގައި އިސްމާޢީލް ޚަލީލްގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއްވެސް އޭނާއަށް ދެވުނެވެ. އަދި އޭނާގެ ޚިދުމަތުގެ ދައުރަށް ބަލައިލައި ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯރޓެއް ދެއްކުމާއި މުވައްޒަފުންގެ ފަރާތުން ޚާއްޞަ ލަވައެއް ހުށަހެޅުންވެސް އޮތެވެ.
މިކަމަށް ބޭއްވި ޚާއްޞަ ހަފުލާގައި ކައުންސިލްގެ ރައީސްވާހަކަ ދެއްކެވިއެވެ. ރައީސް އަލްފާޟިލް ޝުޖާޢު ޢަލީގެ ވާހަކައިގައި އިސްމާޢީލް ޚަލީލުގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި ތަޢުރީފުގެ ބަސްތައް ތަކުރާރުކުރެއްވިއެވެ.
އިސްމާޢީލް ޚަލީލް މި ކައުންސިލުން ވަކިވުމަކީ މި ކައުންސިލްގެ ޓީމަށް ލިބުނު އުނިކަމެއްކަމުގައި މިއިދާރާގެ މުވައްޒަފުން ދެކެއެވެ.
މި އިދަރާއިން އެދެނީ އިސްމާޢީލް ޚަލީލަށް އުފާވެރިކަމާއި ފާހަގަތިކަމެވެ.