ވަގުތު ޓީމް ވ. ރައީސްގެ އަރިހަަށް
ރާއްޖޭގެ ގިނަ ބަޔެއްގެ މަޤްބޫލްކަން ލިބިފައިވާ ދުވަހު ނޫސް ވަގުތުގެ ޓީމް ވ. އަތޮޅަށް ކުރަމުންގެންދަވާ ދަތުރުގައި މިކައުންސިލްގެ ރައީސާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ 17 ނޮވެމްބަރ 2024 ދުވަހުރޭ 8:30 ގައި ވ. ސްޓޭޓް ގެސްޓް ހައުސް ގައެވެ.
ވަގުތުޓީމުން ކައުންސިލްގެ ރައީސާ މި ބައްދަކުރެއްވީ މިހާ ހިސާބަށް އެ ޓީމަށް ރަށްރަށުން ފާހަގަކުރެވިފައިވާ ކަންކަމާބެހޭގޮތުން ކައުންސިލްގެ ރައީސް ދެކެވަޑައިގަންނަވާ ގޮތާއި ގެންގުޅުއްވާ ސިޔާސަތުތައް އޮޅުންފިލުއްވުމަށެވެ. މިގޮތުން އަތޮޅުގެ ޞިއްޙީ ޚިދުމަތާއި ތައުލީމީ ޚިދުމަތުގައި ފާހަގަކުރެވިފައިހުރި ކަންކަމާބެހޭގޮތުން ސުވާލުރެއްވިއެވެ. އަދި މި ދެންނެވި ދެ ޚިދުމަތް ތަރައްޤީކުރުމަށް އަތޮޅު ކައުންސިލުން ކުރައްވައިފައިބާ ބޮޑަތި ހޭދަތަކާއިކުރައްވައިފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެޓީމަށް އޮޅުންފިލުވައިދެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ވަގުތުން ހޭރިޔާ ޓީމުން ވ. އަތޮޅަށް ދަތުރެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ. އަދި މި އަތޮޅުގެ ރަށްރަށުގެ މައުލޫމާތާއި މަންޒަރުރައް ޢާއްމު ރައްޔިތުންނާ ހަމައަށް ރީތިގޮތުގައި ފާރޮކޮށްދެއްވުމަށާއި އެކަމުގެ ސަބަބުން އަތޮޅުގެ ރަށްރަށުގެ މަޤްބޫލުކަން އިތުރުވެގެން ދިއުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވަގުތުގެ ޓީމުން ބައްދަލުކުރައްވައިފައިވަނީ އެ ޓީމްގައި ހިމެނޭ 18 މީހުންގެތެރެއިން އިސް 5 ބޭފުޅުންނެވެ.