ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގެ ޓީ އޯ ޓީ އެއް ވ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

7 ނޮވެމްބަރ 2024 - 12:56

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އެކުލަވައިލާންޖެހޭ 5 އަހަރުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވައިލާން ދަސްކޮށްދިނުމުގެ ތަމްރީނެއް ފެލިދޫގައި ކުރިއަށް ގެންގޮސްފިއެވެ. މިއީ ޔުނިސެފްގެ އެހީތެރިކަމާއެކު ލޯކަލް ގަވަރމެންޓް އޮތޯރިޓީއާއި މި ކައުންސިލާ ގުޅިގެން ހިންގި ތަމްރީނެކެވެ. މި ތަމްރީންގައި މިކައުންސިލާއި ފެލިދޫ ކައުންސިލާއި ކެޔޮދޫ ކައުންސިލުން ޖުމުލަ 29 މުވައްޒަފުން ބައިވެރިވެ ތަމްރީން ފުރިހަމަކުރިއެވެ.  ނޮވެމްބަރ 5 އަދި 6 މި ދެ ދުވަހު ކުރިއަށްގެންދިޔަ  މި ތަމްރީގައި މައުލޫމާތު ދެއްވީ ލޯކަލް ގަވަރަމެންޓް އޮތޯރިޓީގެ ކަމާބެހޭ ފަންނީ ބޭފުޅުންނެވެ.