ވާވު ފުޓްސަލް ޗެލެންޖްގެ ގުރުއަތުނެގުން ބާއްވައިފި
ވ.އަތޮޅު ފުޓްސަލް މުބާރާތް ފެށެން 2 ދުވަހަށް ވަނީ ވެފައެވެ. މުބާރާތުގެ ޤުރުނެގުން 05 ނޮވެންބަރު 2025ގައި ވ.އަތޮޅު ކައުންސިލް އިދާރާގައި ވަނީ ބާއްވާފައެވެ. ގުރުން ކެޔޮދޫއަށް ދިމާވީ A ފެލިދޫއަށް B އަދި ފުލިދޫ އަށް C އެވެ. މުބާރާތުގައި ފުރަތަމަ ބައްދަލުކުރާ 2 ޓީމަކީ ކެޔޮދޫ އަދި ފެލިދޫއެވެ. ޖުމުލަ 5 މެޗުކުޅެން ހަމަޖެހިފައިވާ މުބާރާތުގައި ދެވަނަ ދުވަހު ބައްދަލުކުރާނީ ކެޔޮދޫއާއި ފުލިދޫއެވެ. ތިންވަނަ ދުވަހު ބައްދަލުކުރާ 2 ޓީމަކީ ފެލިދޫ އަދި ފުލިދޫއެވެ. މިމަހުގެ 11ވަނަ ދުވަހު މުބާރާތުގެ ސެމީފައިނަލް އޮންނާނެއެވެ. ބައްދަލުކުރާނީ ޕޮއިންޓްތާވަލުގެ ދެވަނަ އަދި ތިންވަނަ ޓީމެވެ. މުބާރާތުގެ ފައިނަލް އޮންނާނީ 13 ނޮވެންބަރުގައެވެ.