ރަށުކައުންސިލްތައް މޮނިޓަރކުރުމުގެ މަސައްކަތް ފަށައިފި

31 އޮކްޓޯބަރ 2024 - 12:04

ވ. އަތޮޅުގެ ރަށުކައުންސިލްތައް މޮނިޓަރކޮށް އިންޓަރނަލް އޮޑިޓް ކުރުމުގެ މަސައްކަތް މިކައުންސިލުން ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ. މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ މަސައްކަތްކުރީ ފެލިދޫ ކައުންސިލް މޮނިޓަރކުރުމުގެ މަސައްކަތެވެ. މި މަސައްކަތް 20އޮކްޓޫބަރ 2024 ވީ އާދީއްތަ ދުވަހު  ފަށައިގެން އެދުވަހު ޕްލޭނިންގެ މަސައްކަތް ނިންމުމަށްފަހު ރަށުކައުންސިލްގެ ފީލްޑް މަސައްކަތް ކުރީ ޖެހިގެން އައި ހޯމަ، އަންގާރަ، ބުދަ މި ތިންދުވަހުއެވެ. ފެލިދޫފެ ފީލްޑް މަސައްކަތް ނިންމުމަށްފަހު ނިންމާ ބައްދަލުވުން ބާއްވައިފައިވަނީ 24 އޮކްޓޯބަރ ވީ ބުރާސްފަތި ދުވަހުއެވެ. 

 

މި މަސައްކަތުގެ ތެރެއިން އަތޮޅުގެ އެހެން ރަށްރަށުގެ މަސައްކަތް ފެށޫމުގެގޮތުން ބާއްވާ ހުޅުވާ ބައްދަލުވުންތައްވެސް އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ވަނީ ބާއްވައި ނިމިފައެވެ. 

ރަށުކައުންސިލަތަކުން ހިންގާ ޙަރަކާތްތައް ވިލަރެއްކުރުމާއި އެކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުމަކީ ލާމަރުކަޒީ ޤާނޫނުން އަތޮޅު ކައުންސިލްތަކަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެކެވެ.