ރަށުގެ އާބާދީ

އެންމެ ފަހުން އަދާހަމަ ކުރެވުނީ: 28 ޖެނުއަރީ 2026 - 08:35

އުމުރު
ފިރިހެން
އަންހެން
ޖުމްލަ
18 އަހަރުން ދަށު

39

47

86
18 - 35

40

38

78
36 - 64

92

85

177
65 އަހަރުން މަތި

21

17

38
ޖުމްލަ
192
187
379

ރަށުގެ މައުލޫމާތު

އާބާދީ
379

          ވ.ރަކީދުއަކީ އާބާދީ މަދު، ބިން ކުޑަ ރަށެކެވެ. ރަށުގެ ބޮޑު މިނަކީ 4 ހެކްޓަރެވެ. ކުށުގެ ވެއްޓެއް ނޯންނަ ހިތްފަސޭހަ ރީތި މި ރަށަކީ، ރަށަށް ޒިޔާރާތްކުރާ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުމުގައި ދެވަނައެއް ނެތް ރަށެކެވެ.  

ރަކީދޫގެ ބަނދަރަކީ އުތުރަށާއި ދެކުނަށް  ދަތުރުކުރާ އުޅަނދުފަހަރު ބަނދަރުކުރާން ފަސޭހަ ބަނދަރެކެވެ.  

ރަށަށް ޒިޔާރާތް ކުރާ ފަރާތްތަކުން ރަށުގައި މަޑުކުރަން ބޭނުންވެއްޖެނަމަ ރަށުގައި ހެދިފައިވާ 2 ގެސްޓްހައުސްއިންނާއި، އަމިއްލަ ގޭގެއިންވެސް ހުރުމާއި ކެއުމުގެ އިންތިޒާމް ހަމަޖެހޭނެއެވެ.  ރަށަށް ޒިޔާރާތްކުރާ ކޮންމެ މެހެމާނެއްގެ ދުލުންވެސް ރަށުގެ މީހުންގެ ހިތްހެޔޮ ވާހަކައާއި، ރަށުގެ ހިތްފަސޭހަ ކަމާއި، ހިތްގައިމު މޫދާއި، ދޮންވެލި ބީޗްގެ ވާހަކަ އަކީ އަބަދުވެސް ދައްކައެވެ.  ރަށުގެ ހުޅަނގު ފަރާތުގައި އުފެދިފައިވާ ގުދުރަތީ ވިލަކީ އެތަނަށް މޫދަށް އެރި ފަތާލުމަށް އާދަޔާޚިލާފު ހިތްހަމަޖެހުމެއް ލިބޭ ތަނެކެވެ. 

ފަރުމަހުގެ މަސްވެރިކަމަށް ރަކީދޫ ކަނޑުއޮޅި، މާގުޅި، އަކީ ދެވަރެއްނެތް ތަންތަނެވެ.  ރަކީދޫއަށް ޒިޔާރަތްކޮށްލައި ފަރުމަސް ބާނައިލައިގެން ރަކީދުއަށް އައިސް  ބާބަކިޔޫ ހަދައިލުމަކީ ފަސޭހަ ކަމެކެވެ. 

ރަކީދޫ ކަންމަތި، ނުވަތަ ރަކީދޫ "ކޯނަރ" އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޑައިވިންގ ޕޮއިންޓް ތަކުގެ ތެރޭގައި ހިމެނޭ ތަކެވެ.