ވ. ވޮލީ މުބާރާތުގެ ނަމުގައި އަތޮޅު ފެންވަރުގައި ބާއްވާ ވޮލީ މުބާރާތް 

މުބާރާތް ބާއްވާ ކޯރޓް ސަރަހައްދު ސާފުކުރުން

މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. 

މުބާރާތަށް ތައްޔާރުވުމުގެގޮތުން އެކި މުއައްސަސާތަކާއެކު ބޭއްވި ބައްދަލުވުންތައް

ބޯޅަ ހޮވާ ކުދިންނަށް ޖާޒީ ޙަވާލުކުރުން

14 އޯގަސްޓު 2025

ވޮލީ މުބާރާތުގައި ޙަރަކާތްތެރިވުމަށް ހޮވައިލެވިފައިވާ ބޯޅަ ހޮވާ ކުދިންނަށް ( ބޯލްކިޑްސް) ޖާޒީ ހަވާލުކުރުން މިއަދު އޮތެވެ. މިކަން އޮތީ ވޯލީ ކޯޓު ސަރަހައްދުގައެވެ. މި ކުދިންނަށް ޖާޒީތައް ޙަވާލުކޮށްދެއްްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޝުޖާޢު ޢަލީއެވެ. 

މުބާރާތް ކުޅޭ ކޯޓް ސަރަހައްދު ސާފުކުރުން

13 އޯގަސްޓު 2025

މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކޯޓް ސަރަހައްދު ސާފުކުރުމުގެ ދެ ވަނަ ބުުރު މިއަދު އޮތެވެ. މެންދުރުފަހު 2ން ހަވީރު ވަރަށް ލަސްވަންދެން މުވައްޒަފުން މަސައްކަތުގައި އުޅުނެވެ. ކޯޓްގެ ސަރަހައްދަށް ވެލިލައި ރީތިކޮށްލެވުނެވެ. 

ވާވު ވޮލީ މުމާރާތުގެ މެޗްތައް ލައިވްކޮށްދިނުމުގެފަހުމުނާމާއެއްގައި ސަން ސިޔާމް މީޑިއާއެކު ސޮއިކުރުން

12 އޯގަސްޓު 2025

މި ފަހުމުނާމާއިގެ ދަށުން މި މުބާރާތުގެ ހުރިހާ މެޗްތަކެއް ލައިވްކޮށްދޭނެއެވެ. 

މުބާރާތުގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތު

11 އޯގަސްޓު 2025

 ވ. އަތޮޅު ތައުލީމީ މަރުކަޒުގެ މަލްޓި ޕާރޕަސް ހޯލުގައި މި ރަސްމިއްޔާތު އޮތީ ރޭގަނޑު  9:00ގައެވެ. 

މުބާރާތުގައި ބައިވެރިވި ހުރިހާ ރަށަކުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ. 

މުބާރާތް ބާއްވާ ކޯރޓް ސަރަހައްދު ސާފުކުރުން

09 އޯގަސްޓު 2025

ހެނދުނު 9 ން މެންދުރު ފަހު 13:30އަށް ކުރިއަށް ދިޔަ މި މަސައްކަތުގައި ފެލިދޫގައި ހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއްގެ މުވައްޒަފުންނާއި ޢާއްމުންގެތެރެއިން ބައެއް ފަރާތްތަައް ބައިވެރިވިއެވެ. މި މަސައްކަތަކީ ގިނަ ބަޔަކު ބައިވެރިވި ކާމިޔާބު މަސައްކަތެއްކަމުގައި ފާޙަގަކުރެވުނެވެ. 

ސްޓެލްކޯ ފެލިދޫ އިންޖީނުގޭގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުން

04 އޯގަސްޓު 2025

މި ބައްދަލުވުމުގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނެވެ. 

ޒެޑާއެކު ބޭއްވި ބައްދަލުވުން

04 އޯގަސްޓު 2025

މުބާރާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމާބެހޭގޮތުން ޒެޑް ޖަމިއްޔާގެ އިސް ބޭފުޅުންނާއެކު  މަޝްވަރާކުރުން

ވ. އަތޮޅު ހޮސްޕިޓަލްގެ އިސް ފަރާތްތަކާއެކު ބޭއްވި ބައްދަލުވުން

04 އޯގަސްޓު 2025

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެތެރޭގައި މުބާރާތް ހިނގަމުންދާއިރު ޞިއްޙީ ފުރަތަމަ އެހީ ދިނުމާ މުބާރާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަ ދެކެވުނެވެ. . 

ފުލުހުންނާއެކު ބޭއްވި ބައްދަލުވުން

03 އޯގަސްޓު 2025

މުބާރާތް ކުރިއަށް ދާއިރު އަމަން ބެލެހެއްޓުމާބެހޭގޮތުން ފުލުހުންނާއެކު މަޝްވަރާކުރުން

ވ. އަތޮޅު ތައުލީމީ މަރުކަޒުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުން

03 އޯގަސްޓު 2025

މުބާރާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމާބެހޭގޮތުން ވ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސް ބޭފުޅުންނާއެކު  މަޝްވަރާކުރުން

ފެލިދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުން

24 ޖުލައި 2025

ފެލިދޫ ކައުންސިލްގެ އިސް ބޭފުޅުންނާއެކު ފެލިދޫ ކައުންސިލްގައިބައްދަލުވުން ބާއްވައި މުބާރާތުގެ ކަންކަމުގައި އެއްބާރުލުން ހޯދުމާބެހޭގޮތުން މަޝްވަރާކުރެވުނެވެ. 

މުބާރާތާގުޅިގެން އެކިފަރާތްތަކާއެކު ބޭއްވި ބައްދަލުވުންތައް